Dissertations | ޑެޒަރޓޭޝަންސް
Permanent URI for this collection
Browse
Browsing Dissertations | ޑެޒަރޓޭޝަންސް by Subject "Law | ޤާނޫނު"
Now showing 1 - 1 of 1
Results Per Page
Sort Options
Item ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް(ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ, 2023-11-16) ޢަފާ، ޢާއިޝަތުމިއީ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. ދިވެހިރާއްޖޭހެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) އިން ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދިނީއްސުރެ، މިއަދާއި ހަމައަށް ވެސް، މި ޙައްޤު އެކަށީގެންވާ ގޮތެއްގައި ތަންޒީމްވެގެން ގޮސްފައެއް ނުވެއެވެ. މިގޮތުން މި ދިރާސާގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޙުދޫދުކުރެވިފައިވާގޮތާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމެވެ. މިއީ ކޮލިޓޭޓިވް މެތޮޑޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްކަމަށްވާއިރު، ސާމްޕްލިންގގެ ގޮތުގައި ބޭނުންކޮށްފައިވާނީ، ނޮން -ޕްރޮބެބްލިޓީގެ ސާމްޕްލިންގގެ ވައްތަރެއް ކަމަށްވާ، ޕާޕޮސިވް ސާމްޕްލިންގއެވެ. މިގޮތުން ސެމި -ސްޓްރަކްޗަރޑް ސުވާލު ކަރުދާހެއްގެ އެހީގައި، މި ދާއިރާއިން މަޢުލޫމާތު ދެވޭނެ 7 ފަރާތަކާއި އިންޓަރވިއުކޮށް، ޑޭޓާ އެއްކޮށްފައިވާނެއެވެ. ނަތީޖާ ދެނެގަތީ، އިންޓަރވިއުތައް ޓްރާންސްކްރައިބްކޮށް، ކޯޑު ކުރުމަށްފަހު، ތީމްތަކަކަށް ބަހާލައިގެން ކަމަށްވާއިރު، ޑޭޓާ ތަޙްލީލްކުރުމުގައި ބޭނުންކޮށްފައިވާނީ ކޮންޓެންޓް އެނާލިސިސް ޓެކްނިކްއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކެއް މި ދިރާސާއިން ހާމަވެގެން ދިޔައެވެ. އެގޮތުން، މިކަމަކަށް ވަކި ޚާއްޞަ ޤާނޫނެއް ނެތުމާއި، މިހާރު ހުރި ޤާނޫނުތައްވެސް އެކަށީގެންވާ ގޮތެއްގައި ތަންފީޛްވަމުން ނުދިއުން އަދި ސަރުކާރުގެ ނުފޫޒު މިކަމުގެ ތެރޭގައި އޮތުން ހިމެނެއެވެ. އަދި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން ޚިޔާލުފާޅުކުރާ ފަރާތްތައް ދެނެގަންނާނެ ރަނގަޅު ނިޒާމެއް ނެތުމާއި، ޤާނޫނުތަކަށް ޢާންމުންގެ ހޭލުންތެރިކަން ނެތުން އަދި ޤާނޫނުތަކަށް ތަބާނުވުމަކީ މިކަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުމެކެވެ. މިގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ރަނގަޅު ޤާނޫނީ ނިޒާމެއް ޤާއިމްކޮށް، އެއަށް ރައްޔިތުން އަހުލުވެރިކޮށް، ޤާނޫނުތަކަށް ކިޔަމަންވާފަދަ އަޚްލާޤީ މުޖުމަތަމަޢެއް ޤާއިމްކުރުމަކީ މުހިންމު ކަމެކެވެ.