މަޑުލު މުޙަންމަދު ވަޙީދު2024-10-022024-10-022023-11-15https://hoba.ium.edu.mv/handle/1/2360mp4އިންސާނީ ކުތުބުޚާނާ: މަޑުލު މުޙަންމަދު ވަޙީދު | މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް. ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެބޭފުޅާއަށް ލިބިވަޑައިގެންފައިވޭ. އަދި 1997 ވަނަ އަހަރު ކުރު ވާހަކަ ލިޔުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ޙާޞިލުކުރައްވާފައިވޭ. މީގެ އިތުރުން ވަޙީދަކީ ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން 2019 ވަނަ އަހަރު ލިބިވަޑައިގެންނެވި ފަރާތެއް.